މާފަންނު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން މިއަދު ފަށައިފިއެވެ.
ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޯކިޑް ޕްލާޒާއާއި ނިއު ޕްލާޒާއާއި ހައުސް ޕްލާޒާ ހުރީ އާންމުންނަށް ގެއްލުމެއް ލިބިދާނެ ގޮތަކަށް ކަމުން ތަޅާލަން ނިންމައިފައިވާ ކަމަށެވެ.
އޭގެ ތެރެއިން އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފައިވާ ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޢާންމުންނަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނާތީ، މާފަންނު އޯކިޑް ޕްލާޒާ ޢިމާރާތް ތަޅާލުމުގެ މަސައްކަތް @MoCLPmv އިން މިއަދު ފަށައިފި. މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ ޢިމާރާތް ހުރި ސަރަޙައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވާފައި. pic.twitter.com/UpzrHU8dVl
— Ministry of Cities, Local Government, Public Works (@MoCLPmv) July 12, 2025
"މި މަސައްކަތް ކުރަމުންދާއިރު ޢާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި މަޢާފަށް އެދެން،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ތިން ފަންގިފިލާގެ އޯކިޑް ޕްލާޒާއަކީ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑްގެ އިމާރާތެކެވެ. އެ އިމާރާތް އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް ހުރެ، ތަނުގެ ހާލަތު ވަނީ ދަށްވެފައެވެ.
އެ އިމާރާތުގައި މަސްތުވުމަށް މީހުން ވަންނަ ކަމުގެ ޝަކުވާތައް، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން