ހަތަރު ވަޒީރުންނާއެކު އަންނަ ހޯމަދުވަހުގެ ރޭ "އަހާ" ފޯރަމުގެ އައު ޕްރޮގުރާމެއް ކުރިއަށްގެންދާނެކަން ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)އިން ހާމަކޮށްފިއެވެ.
ޕީއެސްއެމްއިން ބުނި ގޮތުގައި އަންނަ ހޯމަ ދުވަހުގައި އޮންނަ "އަހާ" ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބާއި، ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމާއި، ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކަކީ އާއްމުންނަށް ބޭނުން ސުވާލެއް ވަޒީރުންނާ ކުރެވޭ ގޮތަށް ކުރިއަށްގެންދާ ފޯރަމްތަކެކެވެ.
ވަޒީރުންގެ އަހާ ފޯރަމް މިމަހުގެ 14 ވާ ހޯމަ ދުވަހުގެ ރޭ. މިއީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ފޯރަމެއް. ވަޒީރުންނާ ސުވާލުކުރެއްވުމަށް ޕީއެސްއެމް އެއަރ އެޕް… pic.twitter.com/GzBZ9QMk5u
— PSM News (@psmnewsmv) July 12, 2025
ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ މިފަދަ 5 ވަނަ ފޯރަމެވެ.
މި ފޯރަމްގައި ބައިވެރިވެރިވެ އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށް ފަހު، ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.
މި ލިޔުން ކިޔާލުމުން