ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އާއްމުންގެ ފަރާތުން ކޮމިޝަނުގައި އިންނަވާ މެންބަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާއްމުވަނީ މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި އާއްމުންގެ ފަރާތުން އިންނަވާ މެންބަރުކަމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވައިލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި އަށް ބޭފުޅުންގެ ނަން އިއްވަވާފައެވެ. އެ ބޭފުޅުންނަކީ:
1- އަލްއުސްތާޛު އިބްރާހީމް ޒާހިދު، ލިލީމާގެ، ގދ.ވާދޫ
2- އަލްއުސްތާޛު އަލީ އިބްރާހީމް، ހުޅުމާލޭ ފުލެޓު ނަންބަރު 108-ޖީ-1
3- އަލްފާޟިލް އަލީ އާމިރު، މއ.ޕެންޒީވިލާ
4- އަލްފާޟިލް އިދުރީސް ފައުޒީ، ފަހިވާގެ، ލ.ކަލައިދޫ
5- އަލްއުސްތާޛު އަޙްމަދު ޝާފިޢު، އުދަރެސް، ހއ.އިހަވަންދޫ
6- ޑރ.ހުސައިން ފާއިޒު، ދަފްތަރު ނަންބަރު: 1325
7- އަލްއުސްތާޛު ހަސަން ވަހީދު، ރަންކޮކާގެ، ދ.ކުރިނބީ
8- އަލްފާޟިލް އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު: ރސ1851
މި ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު މާކްސްދީ އެންމެ މަތިން މާކްސް ލިބިވަޑައިގަންނަވާ ބޭފުޅަކު މަގާމަށް އައްޔަންކުރަން ފާސްކޮށް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ކޮމިޓީން ފޮނުވާނެއެވެ.
ދިހަ މެންބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގައި ހިމެނޭ ޢާއްމުންގެ ތެރެއިން ހޮވޭ މެންބަރަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހެކެވެ.މިވަގުތު އެ ކޮމިޝަންގައި އާންމުން ތަމްސީލް ކުރައްވާ މެންބަރަކީ ޑރ. އައިމިނަތު އުއްމުކުލްޘޫމެވެ. އެ މަގާމަށް މެންބަރަކު އައްޔަން ކުރަން ހުޅުވާލީ ޑރ. އައިމިނަތު އުއްމުކުލްޘޫމްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.
މި ލިޔުން ކިޔާލުމުން