ކައުންސިލްތަކަށް ޚާއްސަކޮށްގެން ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވާ ސެމިނާގައި 15 ކައުންސިލަކުން ބައިވެރިވެއްޖެއެވެ.
މި މަހުގެ 8 އިން 28 އަށް "ސެމިނާ ފޯރ ލޯކަލް ކައުންސިލް މެންބަރސް އޮފް މޯލްޑިވްސް" ގެ ނަމުގައި ކައުންސިލްތަކަށް ޚާއްޞަ ސެމިނާގައި ރާއްޖޭގެ 15 ކައުންސިލަކުންނާއި، އެލްޖީއޭގެ ހަތަރު މުވައްޒަފަކާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ އެއް މުވައްޒަފަކު ބައިވެރިވާނެ ކަމަށް ލޯކަލް ގަވަރަމަންޓް އޮތޯރިޓީން މައުލޫމާތުދެއެވެ.
CEO Nimal met with the participants of the upcoming "Seminar for Local Council Members of Maldives", taking place in China from July 8th to 28th. 20 participants will join the seminar which aims to strengthen international commitments and promote collaboration in public services. pic.twitter.com/fB743renLR
— Local Government Authority (@lgaMaldives) July 6, 2025
ޖުމްލަ 20 ބައިވެރިން ހިމެނޭ މި ސެމިނާގެ މައިގަނޑު މަޤްޞަދަކީ ޕަބްލިކް ސަރވިސް އަދި ލޯކަލް ގަވަރނަންސްގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުމާއި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކުރުމެވެ.
އަދި މީގެ އިތުރުން، ދިވެހި ރާއްޖޭގެ މިނިވަން ތަރައްޤީގެ ޤާބިލުކަން އިތުރުކުރުމަށާއި، ގްލޯބަލް ވިޝަނާއި ލީޑަރޝިޕްގެ ހުނަރު ލިބިފައިވާ ވެރިން އުފައްދައި ހުނަރު ވަރުގަދަކުރުމަށް ވެސް މި ސެމިނާގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން