ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ވަންނަ މައި މަގުގެ މަސައްކަތް ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން މިއަދު ބުނީ އެ ކުންފުނީގެ ފެސިލިޓީސް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ރޯޑް އެންޑް އެއާފީލްޑް މެއިންޓެނަންސް ސެކްޝަނުން އެއާޕޯޓުގެ މައި އެންޓްރެންސް މަގުގައި އެސްފާލްޓް އެޅުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށެވެ.
The Road & Airfield Maintenance Section of the Facilities Management Department have started paving asphalt on main airport entrance road last night. This work is part of the ongoing preparations for the opening of the new terminal at Velana International Airport. The full road… pic.twitter.com/i9sNEIDj8j
— Maldives Airports Company Ltd (@MACLmedia) July 3, 2025
މި މަސައްކަތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ޓާމިނަލް ހުޅުވުމަށް މިހާރު ކުރަމުންދާ ތައްޔާރީތަކުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށާއި، މަގުގެ މަސައްކަތް މުޅިން ނިންމުމަށް ހަމަޖެހިފައިވަނީ 10 ޖުލައި 2025 ގެ ނިޔަލަށް ކަމުގައި އެ ކުންފުނިން ބުންޏެވެ.
ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށް ނިންމާފައިވަނީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
މިކަން ހާމަކުރެއްވީ އޭވިއޭޝަން ފޯރަމްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރަ ޝަފީޒު އަހުމަދެވެ.
ޝަފީޒު އަހުމަދު ވިދާޅުވި ގޮތުގައި އާ ޓާމިނަލްއާ އެކު ވަރަށް ގިނަ ކަންކަމަށް ބަދަލު އަންނާނެއެވެ. މީގެ ތެރޭގައި އައު ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް ހިމެނެއެވެ. އަދި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ސިސްޓަމެއްވެސް ގާއިމުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލުތަކުގެ މަޤްޞަދަކީ ވީއައިއޭގެ ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރުމެވެ.
ޓާމިނަލް ހުޅުވުމަށްފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ޚިދުމަތެއް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ ކަމަށް ޝަފީޒު އަހުމަދު ވިދާޅުވިއެވެ. މިއީ ވަރަށް ބޮޑު ބަދަލެއް ކަމަށާއި، މުޅި އެއާޕޯޓުގެ މަސައްކަތްތަކަށް އޭގެ އަސަރު ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުރިން، ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އާ ޓާމިނަލްގެ ބައެއް ނަމަވެސް ހުޅުވުމަށެވެ. ނަމަވެސް، ރާއްޖެއަށް އަންނަ ހުރިހާ އެއާލައިންތަކުގެ ރިޕްރެޒެންޓް ކުރާ އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ) ގެ ލަފައަށް އެކަން މަޑުޖައްސާލެވުނެވެ. އޭއޯސީން އެދުނީ ވިންޓާ ސީޒަންގެ ސުޕާ ޕީކްގައި ޓެކްނިކަލް މައްސަލައެއް ދިމާވެދާނެ ކަމަށްޓަކައި، ލޯ ސީޒަންގައި ޓާމިނަލް ހުޅުވުމަށެވެ.
މި ނިންމުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ވަރަށް މުހިންމު ނިންމުމެއް ކަމަށް ބެލެވެއެވެ. އާ ޓާމިނަލް ހުޅުވުމުން، ރާއްޖެއަށް އަންނަ ފަންނަ ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެ، އިތުރު ފަތުރުވެރިން ރާއްޖެއަށް އައުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރެވެއެވެ.
މި ލިޔުން ކިޔާލުމުން