މާލޭގެ ސަލްމާން މިސްކިތުގައި ހަދާ ލައިބްރަރީ މިމަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ ކުތުބުހާނާ ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
މި ކުތުބުހާނާ ހުޅުވޭއިރު 50 ހާސް ފޮތް ހުންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އިއްޔެ އިސްލާމިކް މިނިސްޓްރީން ވަނީ ބޭރުގެ ޔުނިވަރސިޓީއަކުން ރާއްޖޭގެ އިސްލާމިކް ލައިބްރަރީ ތަކަށް ހަދިިޔާ ކުރުމަށް 60 ހާސް ފޮތް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ދިއްދޫ އިސްލާމީ މަރުކަޒުގެ ކުތުބުޚާނާއާއި އުނގޫފާރު އިސްލާމީ މަރުކަޒުގެ ކުތުބުޚާނާއާއި ތިނަދޫ އިސްލާމީ މަރުކަޒުގެ ކުތުބުޚާނާއާއި އައްޑޫ އިސްލާމީ މަރުކަޒުގެ ކުތުބުޚާނާގެ އިތުރަށް އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ކުތުބުޚާނާތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ލިބޭ ގޮތަށް ހަމަޖެހިފައިވާކަމަށެވެ. ހިލޭ މި ލިބޭ ފޮތްތަކުގެ ޢަދަދު 60 ހާހަށް އަރާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން