މަކަރާއި ހީލަތުން ކޭޕާކް ރެސިޑެންސްގެ ފުލެޓުތައް ވިއްކި މައްސަލައިގައި ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު، ޙަސަން މަމްދޫޙް (މަންޑޭ)، ޝަރީޢަތް ނިމެންދެން ބަންދުކުރިތާ 10 ދުވަސް ފަހުން މިއަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މަންޑޭ ޝަރީޢަތަށް އެއްބާރުލުން ނުދޭތީ ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް މިއަދު އޮތް ޝަރީޢަތުގައި ކްރިމިނަލް ކޯޓުން ވަނީ ޝަރީޢަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަންޑޭ ޖަލު ބަންދުން ދޫކޮށްލަން އަމުރުކޮށްފައެވެ.
މަކަރާއި ހީލަތުން ކޭޕާކް ރެސިޑެންސްގެ ފުލެޓުތައް ވިއްކައިގެން މަންޑޭ ހޯދާފައިވާ ކަމަށް ބެލެވޭ މުދާތައް ޝަރީޢަތް ނިމެންދެން ހިފަހައްޓައިފައެވެ.
މަކަރާއި ހީލަތުން ހޯދާފައިވާ ކަމަށް ބެލެވޭތީ ހިފަހައްޓާފައިވާ މަންޑޭގެ މުދަލުގެ ތެރޭގައި ކޭޕާކްގެ އެޕާޓްމަންޓުތައް ވިއްކުމަށްފަހު ލިބުނު ފައިސާއިން ގަނެފައިވާ 7.8 މިލިއަން ރުފިޔާގެ އަގުހުރި ޕެންޓްހައުސެއްވެސް ހިމެނެއެވެ. މީގެ އިތުރުން، އެ ޕެންޓްހައުސްގެ ތެރެއިން ލަގްޒަރީ ބްރޭންޑްތަކުގެ އަގުބޮޑު ދަބަހާއި، ގަހަނާގެ އިތުރުން ސެންޓުވެސް ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން