އައްޑޫ ސިޓީ އިން އައިޑީކާޑް ޕްރިންޓްކޮށް އައިޑީކާޑްގެ ޚިދުމަތް ފުޅާކުރުމަށް ޑިޕާޓްމަން އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން މިހާރު އައްޑޫ ސިޓީގައި ދެވޭ އައިޑީ ކާޑްގެ ޚިދުމަތް އަވަސްވެގެންދާނެއެވެ.
އައްޑޫ ސިޓީގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް، އެ ޚިދުމަތް އަވަސް ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) 1/2 pic.twitter.com/xVNNqOjvLM
— Addu City Council (@AdduCityCouncil) July 3, 2025
މިހާރުވެސް އައްޑޫ ސިޓީ ގައި އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައްޑީ ކާޑްގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.
މި ލިޔުން ކިޔާލުމުން