އިންސާނީ ޙައްޤުތަކާ ގުޅޭ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ޚާއްޞަ ޕުރޮގުރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
އެޗްއާރުސީއެމުން ބުނީ "ޙައްޤުގެ ސައްލާ" ޕުރޮގުރާމަކީ އިންސާނީ ޙައްޤުތަކުގެ އެކި ދާއިރާތަކުގައި ހުރި މައްސަލަތަކާއި، ގޮންޖެހުންތަކާއި، މައްސަލަ ހައްލު ކުރާނެގޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކާ ޚިޔާލު ފާޅުކުރުމަށް އާންމުންނަށް ހުޅުވާލައިގެން އޮންލައިން މީޓިން ޕްލެޓްފޯމެއްގައި ކުރިޔަށް ގެންދާ ޕުރޮގުރާމެއް ކަމަށެވެ.
މިގޮތުން އެޗްއާރުސީއެމުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.
މި ޕުރޮގުރާު އޮންނާނީ ޖުލައި 9 ވަނަ ދުވަހުގެ 20:30 އިން 21:30 އަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެޗްއާރުސީއެމުން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން