ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދު (އެސްއީޒެޑް) ގައި ކުރިއަށްގެންދިއުމަށް މިވަގުތު ހުއްދަ ލިބިފައިވާ ހަމައެކަނި މަޝްރޫޢު ކަމަށްވާ، 100 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި މިހާރު ކުރިއަށްގެންދާ ސިންގަޕޫރު-މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިންނެވެ.
މިގޮތުން ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމެވެ. އަދި މި މަސައްކަތް ހަވާލުކުރި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޖޭމްސް ކޯލްޓަރ އީޑީ އެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިއާދަކުރަނިވި ހަކަތައިގެ ސިޔާސަތުގެ ދަށުން 2030 އާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ މިންވަރު %33 އަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.
މި ލިޔުން ކިޔާލުމުން