ގދ. ގައްދޫއިން ބީލަމުގެ އުޞޫލުން ބިން ވިއްކުމަށް އިޢުލާންކޮށްފިއެވެ.
ގައްދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބީލަމުގެ އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން ޒޯން A ގައި ހިމެނޭ 9 ބިމެއް ބީލަން އުޞޫލުން ވިއްކުމަށް ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ 701.50 އަކަފޫޓާއި 3،350.85 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި ބީލަން އުޞޫލުން ބިން ވިއްކުމަށް ކަނޑައެޑިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 50 ރުފިޔާއެވެ.
ކައުންސިލުން ވަނީ މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 25 ޖޫން 2025 ވާ ބުދަ ދުވަހާއި 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ދެމެދު ބިޑް ރަޖިސްޓްރީ ވުމަށްފަހު، 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބިޑް ހުށަހެޅުމަށް އެދިފައެވެ.
ބިޑް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/500ރ ގެ ނޮން ރިފަންޑަބަލް ފީއެއް ދައްކަންޖެހޭއިރު، ބިޑް ހުށަހެޅުމުގެ 1 ގަޑީއިރުކުރިން ބިޑް ސެކިއުރިޓީގެ ގޮތުގެ ބިޑް ހުށަހަޅާ ޖުމްލަ އަގުގެ %20 އަށްވާ ފައިސާ ކައުންސިލް އިދާއަށް ދައްކަންވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން