ހުޅުމާލޭ ހޮސްޕިޓަލްގެ މެއިން އިލެކްޓްރިކް ޕެނަލް އަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ހޮސްޕިޓަލްގެ ޖެނެރަލް އޯޕީޑީ ވަގުތީގޮތުން ޚިދުމަތް ހުޅުމާލޭ ފޭސް 2 އަށް ބަދަލުކޮށްފިއެވެ.
އޯޕީޑީގެ ޚިދުމަތް މިހާރު ދެމުންދަނީ ހިޔާ ފްލެޓް 16 ގައި ގާއިމްކުރެވިފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ވަގުތީގޮތުން ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މިގޮތަށް ހަދަން ޖެހުނީ ކަރަންޓު އެއްވެސް ވަރަކަށް ނުހިފެހެއްޓޭތީކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.
މީގެ އިތުރުން އިންޕޭޝަންޓް ޚިދުމަތްތަކަށްވެސް ބުރުއެރުމާއެކު، އެންއައިސީޔޫ އަދި އައިސީޔޫގައި ތިބި ބަލިމީހުން އައިޖީއެމްއެޗްއަށް ވަނީ ބަދަލުކޮށްފައެވެ. އަދި ބާއްވައިގެން ފަރުވާ ދެމުންދިޔަ އެހެން ފަރާތްތައް އެ ހޮސްޕިޓަލުގެ ދަށުން ހިންގަމުންދާ އެހެން ބައެއް އިމާރާތްތަކަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓު މައްސަލަ އެންމެ ފުރަތަމަ ފާހަގަވީ މީގެ ދެ ދުވަހެއްހާ ދުވަސް ކުރިން ކަމަށް މައުލޫމާތުލިބެއެވެ.
ހޮސްޕިޓަލުން ދަނީ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން