ޞިއްޙީ ވުޒާރާއިން ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ކޮންފަރެންސްގައި ބައިވެރިވެއްޖެއެވެ.
ތައިލެންޑްގެ ބެންކޮކްގައި މިމަހުގެ 24 އިން 26 އަށް ބޭއްވި އޭޝިއާ އެންޑް ޕެސިފިކްގެ ތިންވަނަ ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި އެ ވުޒާރާގެ ވަފުދުގައި އިސްކޮށް ހުންނެވީ ސްޓޭޓް މިނިސްޓަރ އަހްމަދު ގާސިމްއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ކޮންފަރެންސްގައި ސަރަހައްދީ އޮފިޝަލުންނާއި ޑިވެލޮޕްމަންޓް ޕާޓްނަރުން އެއްތަނަކަށް އެއްވެ ކާމިޔާބީތައް ފާހަގަކޮށް، ކުރިއެރުންތައް ވަޒަންކޮށް، އާންމު ސިއްހަތާއި ތަރައްގީގެ ޕްލޭނިން އަށް ތާއީދުކުރާ ސީއާރުވީއެސް ނިޒާމުތައް ކުރިއެރުވުމަށް ފާހަގަކޮށްފައިވެ އެވެ. އަދި ސީއާރުވީއެސް ޑިކޭޑްގެ އަމާޒުތައް 2030 ވަނަ އަހަރުގެ އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓާ އެއްގޮތްކޮށްގެން ގައުމީ އަދި ސަރަހައްދީ ވައުދުތައް އާކުރުމުގެ ޕްލެޓްފޯމެއް ޤާއިމުކުރިއެވެ.
މި ކޮންފަރެންސްގައި ރާއްޖެއިން ސީއާރުވީއެސް އާއި ޞިއްޙީ ނިޒާމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި ތަޖުރިބާތަކާއި ސްޓްރެޓެޖީތައްވެސް ވަނީ ހިއްސާކޮށްފައެވެ. އަދި ޑިޖިޓަލް ރަޖިސްޓްރޭޝަން އިތުރުކުރުމާއި، މަރުގެ ސެޓްފިކެޓް ރަނގަޅުކުރުމާއި، ކޮންމެ ފަރުދަކު އުފަންވުމުން ފެށިގެން މަރުވުމާ ހަމައަށް ހެލްތު ރެކޯޑްސް ބެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމާ ގުލޭގޮތުން މައުލޫމާތު ހިއްސާކުރެވުނެއެވެ.
މި ލިޔުން ކިޔާލުމުން