ސްރީލަންކާގެ ރައީސް ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މިގޮތުން ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެނީ އަންނަ ޖުލައި މަހުގެ ފަހު ހަފުތާގައެވެ. ނޫސްތަކުގައި ބުނެފައިވާ ގޮތުން ލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވާނީ ޖުލައި 29 ގައި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.
ސްރީލަންކާގެ ޚާރިޖީ ވުޒާރާގެ މަސްދަރުތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގޮތުންނާއި، ސަރައްދީ އެއްބާރުލުން ދިނުމުގެ އިތުރުން އިޤުތިޞާދީ ގުޅުންތައް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން އަންނަ ޖުލައި މަހު އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް މި ދަތުރާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ދެ ޤައުމުގެ ސަރުކާރުންވެސް ހާމައެއް ނުކުރެއެވެ.
މި ލިޔުން ކިޔާލުމުން