މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު އައްޔަންކޮށްފިއެވެ.
އެސްޖީގެ މަގާމަށް މުހައިމިން އައްޔަން ކުރީ، މާލެ ސިޓި ކައުންސިލްގެ 4 ވަނަ ދައުރުގެ 200 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މުހައިމިން އެންމެ ފަހުން ހުންނެވީ މާލެ ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ގެ މަގާމުގަ އެވެ.
މުހައިމިނަކީ، މީގެ ކުރިން، ތަޢުލީމާދާއިރާގައި، ގިނަ މަސައްކަތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. މި ގޮތުން ޕްރައިމަރީ ޓީޗަރުކަމާއި ސެކަންޑްރީ ޓީޗަރުކަމާއި ޕްރިންސިޕަލްކަމާއި މެދު ރާއްޖެތެރޭގެ ސްކޫލްތަކުގެ ޒޯން ކޯޑިނޭޓަރކަމާއި މާލެ ސިޓީގެ، ހުރިހައި ސްކޫލެއްގެ ކޯޑިނޭޓަރުކަމާއި މާލެ ސިޓީގައި ހިންގަމުންދާ، އަމިއްލަ ސްކޫލްތަކާއި އިންޓަރނޭޝަނަލް ސްކޫލްތަކުގެ ކޯޑިނޭޓަރުކަމުގެ މަޤާމު ވެސް، މުހައިމިނު އަދާކޮށްފައިވެއެވެ. މުހައިމިނަކީ ފުރަތަމަ ޑިގްރީއާއި މާސްޓަރ ޑިގްރީ ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި އެ އިދާރާގެ ސެކްރެޓަރީ ޖަނަރަލްގެ މަގާމަށް ހަތަ ބޭފުޅަކު ކުރިމަތި ލެއްވިއިރު އެންމެ މަތިން މާކުސް ލިބިވަޑައިގަތީ މުހައިމިނަށެވެ. މުހައިމިނަށް ލިބި ވަޑައިގަތީ، 85.03 މާކުސް އެވެ.
މި ލިޔުން ކިޔާލުމުން