ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހިންގާ "ޒުވާނުންގެ ހޮޅުއަށި" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕުރޮގުރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 30 ވަނަ ދުވަހުގެ 20:30 އިން 22:00 އަށް ސޯޝަލް ސެންޓަރުގައެވެ. އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ޕުރޮގުރާމުގައި މަޝްވަރާކުރާނީ "ޔޫތު ޕްލިޓިކަލް ޕާޓިސިޕޭޝަން"، މި މައުޟޫޢަށެވެ.
Join our upcoming Zuvaanunge Holhuashi session to discuss about youth political participation.
To participate: https://t.co/KtV5WXFlNB pic.twitter.com/SlL527xvaP
— Ministry of Youth Empowerment, Information and Art (@YouthGovMv) June 23, 2025
"ޒުވާނުންގެ ހޮޅުއަށި" އަކީ ޒުވާނުންނަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން ހިޔާލާއި ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ޕްރޮގުރާމެކެވެ.
މި ސެޝަންގައި ބައިވެރިވުމަށް 4000567 އަށް ގުޅާލުމުން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެ ކަމަށް ޒުވާނުންނާ ބެހޭ ވުޒާރާއިން ބުނެއެވެ.
މި ލިޔުން ކިޔާލުމުން