ޅ. މަޑިވަރު އެއާޕޯޓު ކައިރިން ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑިންގީގެ ކައްޕިއާއި އިތުރު މީހަކު އިތުރު ފަރުވާއަށް ރޭ މާލޭ ގެނެސްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ 20:26 ހާއިރު އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުންނަށް އަނިޔާވުމާ ގުޅިގެން ފުރަތަމަ ފަރުވާދީފައިވަނީ ޅ. އަތޮޅު ހޮސްޕިޓަލުގައެވެ.
މީގެ އިތުރުން، މި އެކްސިޑެންޓުގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށްފަހު ގެއްލިފައިވާ ކަމަށާއި، ބެލެވެނީ އަޑިއަށް ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަދި ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައިވާ ނުވާއިރު، މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން