ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލަށް ސާފު ފެން ފޯރުކޮށްދޭ އައު ހޮޅި މިއަދު އިފްތިތާޙުކޮށްފިއެވެ.
މިކަމަށްޓަކައި ވީއައިއޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ފެންހޮޅި އިފްތިތާޙުކޮށްދެއްވީ ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝަރީފް މުޙައްމަދެވެ.
Our CEO & MD, Ibrahim Shareef Mohamed, inaugurated the new water pipeline to the New Passenger Terminal today. Spanning approximately 1,800 meters over land and 635 meters across the lagoon, the pipeline marks a key step in ensuring a reliable drinking water supply for the… pic.twitter.com/ayw4t2q092
— Maldives Airports Company Ltd (@MACLmedia) June 22, 2025
އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި ފެން ލައިނަކީ ފަޅުތެރެއިން 635 މީޓަރާއި އެއްގަމުން 1،800 މީޓަރުގެ ދިގުމިނުގެ ލައިނެކެވެ. މިއީ އައު ޓަރމިނަލަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމުގައި އެމްއޭސީއެލް އިން ބުނެއެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވި އެމްއޭސީއެލްގެ އެންމެހައި މުވައްޒަފުންނަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށް ނިންމާފައިވަނީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
މިކަން ހާމަކުރެއްވީ އޭވިއޭޝަން ފޯރަމްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރަ ޝަފީޒު އަހުމަދެވެ.
ޝަފީޒު އަހުމަދު ވިދާޅުވި ގޮތުގައި އާ ޓާމިނަލްއާ އެކު ވަރަށް ގިނަ ކަންކަމަށް ބަދަލު އަންނާނެއެވެ. މީގެ ތެރޭގައި އައު ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް ހިމެނެއެވެ. އަދި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ސިސްޓަމެއްވެސް ގާއިމުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލުތަކުގެ މަޤްޞަދަކީ ވީއައިއޭގެ ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރުމެވެ.
ޓާމިނަލް ހުޅުވުމަށްފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ޚިދުމަތެއް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ ކަމަށް ޝަފީޒު އަހުމަދު ވިދާޅުވިއެވެ. މިއީ ވަރަށް ބޮޑު ބަދަލެއް ކަމަށާއި، މުޅި އެއާޕޯޓުގެ މަސައްކަތްތަކަށް އޭގެ އަސަރު ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުރިން، ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އާ ޓާމިނަލްގެ ބައެއް ނަމަވެސް ހުޅުވުމަށެވެ. ނަމަވެސް، ރާއްޖެއަށް އަންނަ ހުރިހާ އެއާލައިންތަކުގެ ރިޕްރެޒެންޓް ކުރާ އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ) ގެ ލަފައަށް އެކަން މަޑުޖައްސާލެވުނެވެ. އޭއޯސީން އެދުނީ ވިންޓާ ސީޒަންގެ ސުޕާ ޕީކްގައި ޓެކްނިކަލް މައްސަލައެއް ދިމާވެދާނެ ކަމަށްޓަކައި، ލޯ ސީޒަންގައި ޓާމިނަލް ހުޅުވުމަށެވެ.
މި ނިންމުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ވަރަށް މުހިންމު ނިންމުމެއް ކަމަށް ބެލެވެއެވެ. އާ ޓާމިނަލް ހުޅުވުމުން، ރާއްޖެއަށް އަންނަ ފަންނަ ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެ، އިތުރު ފަތުރުވެރިން ރާއްޖެއަށް އައުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރެވެއެވެ.
މި ލިޔުން ކިޔާލުމުން