ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޘާނަވީ އަދި މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމަށް ބާއްވާ ޖަލްސާގެ ހަތަރުވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއަދުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް ހަދިޔާއެއްވެސް އަރުވާފައެވެ.
މިއަދު ހެނދުނު ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ބޭއްވި މި ރަސްމިއްޔާތުގައި 2023 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުން އެކި ވަނަތައް ޙާޞިލުކުރި 348 ދަރިވަރުންނާ ޓްރޮފީ ހަވާލުކޮށްފައިވެއެވެ.
2023-2024 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތު މިއަހަރު ކުރިޔަށް ގެންދަނީ ފަސް ދަންފަޅިއަކަށް ބަހާލައިގެންނެވެ.
މި ރަސްމިއްޔާތުގެ ފަހު ދަންފަޅި އޮންނާނީ މިރޭ 8:00 ގައެވެ. މި ދަންފަޅީގައި މަތީ ޘާނަވީ އިމްތިހާނުތަކުން މަތީ އަރުތަ ހޯދި ދަރިވަރުންނަށް އިނާމު ޙަވާލުކުރުން ކުރިއަށްދާނެއެވެ.
މި ލިޔުން ކިޔާލުމުން