ރާއްޖޭގެ ބާހާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ޞިއްޙީ ވުޒާރާއިން ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ޞިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ރެގިއުލޭޓަރީ ކޯޕަރޭޝަން ހަރުދަނާކުރުމާއި، ބޭހުގެ ކޮލިޓީ އެޝުއަރެންސް އިތުރުކުރުމާއި، ބޭސް އިމްޕޯޓް/އެކްސްޕޯޓް ކުރުމުގެ ނިޒާމުތައް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން ކެޕޭސިޓީ ބިލްޑިންގ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންވެސް ދެފަރާތުން ވަނީ މަޝްވަރާކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން