ދަ ޑިމޮކްރެޓްސް ގެ މެންބަރުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ކިޔާ ކަމަށާއި، އަޅުގަނޑުމެންނަކީ މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެ ކަމަށް މޯލޤޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ރައީސް އަބުދުﷲ ޝޙިދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ އަޅުގަނޑުމެން އަބަދުވެސް އަމާޒު ހިފަންވާނީ މުސްތަޤްބަލަށްކަމަށާއި ކާމިޔާބުލިބޭނީ އެކުވެރިވެ އެކުގައި މަސައްކަތްކޮށްގެން ކަމީ ދުނިޔަވީ ޙަޤީގަތް ކަމަށެވެ.
ދަ ޑިމޮކްރެޓްސް ގެ މެންބަރުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ކިޔަން.
އަޅުގަނޑުމެންނަކީ މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެ. އަޅުގަނޑުމެން އަބަދުވެސް އަމާޒު ހިފަންވާނީ މުސްތަޤްބަލަށް. ކާމިޔާބުލިބޭނީ އެކުވެރިވެ އެކުގައި މަސައްކަތްކޮށްގެން…
— Abdulla Shahid (@abdulla_shahid) June 18, 2025
''ރާއްޖޭގެ އެހެން ސިޔާސީ ޕާޓީ ތަކުގެ މެންބަރުންނާއި، ޤައުމުގެ މިސްރާބު ހަމަ މަގަށް ގެންދިއުމަށް ކެތްމަދުވެފައި ތިއްބެވި އެންމެހައި ރައްޔިތުންވެސް އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް އަޅުގަނޑު ގޮވާލަން. ރާއްޖޭގައި މުސްތަޤްބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ'' ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ އިތުރުން އެމްޑީޕީންވެސް ވަނީ ދަ ޑިމޮކްޓިކް ޕާރޓީގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން