ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
އެގޮތުން، އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، އަޔަލޭންޑަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ، ޔޫކްރެއިންއަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން މިއަދު ވަނީ ރުހުންދީފައެވެ.
ސަފީރު ގީލާ އަކީ ސިއްހީ އަދި ފޮރިން ސާވިސްގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރެކެވެ.
ސަފީރު އިރުތިޝާމް އާދަމް ވަނީ ޑިޕްލޮމެޓް އަދި ސިޔާސީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން