ކައުންސިލަރުންނަށް އަމާޒުކޮށްގެން ބާއްވާ ޚަތީބުކަމުގެ ކޯހަށް އެދުމުގެ ފުުރުޞަތު ހުޅުވާލައިފިއެވެ.
ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން ވަނީ 50 ފުރުސަތަށް އެދި ވަނީ ހުޅުވާލާފައެވެ.
އެ ކޯސް ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށް ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނެއެވެ.
މި ކޯސް ކުރިއަށް ދަނީ ރޭގަނޑު 20:30 އިން 22:30 ގެ ނިޔަލަށް ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މި ކޯސް 15 ހަފުތާއަށް ކުރިއަށްދާނެ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.
މި ކޯހަށް ހޮވުމުގައި ބަލާނީ ކީރިތި ޤުރުއާން ފަރިތަކަމާ އެކު ކިޔަވަން އެނގުމާއި، ދިވެހިބަހާއި އަރަބިބަހުގެ ކިޔުމުގެ ފަރިތަ ކަމަށެވެ. ކޯހުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ސީވީ، އައިޑީ ކާޑު ކޮޕީ، އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓް އަދި ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން ހިމެނެއެވެ.
ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ، މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ގޫގުލް ފޯމް ފުރިހަމަކޮށް، ހުށަހެޅުމަށެވެ.
ޚަޠީބުންގެ ޕްރޮގްރާމަކީ ޚަތީބުންގެ އާ ޖީލެއް އުފެއްދުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.
މި ލިޔުން ކިޔާލުމުން