މާލޭގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
އެގޮތުން ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ބޮޑުރަސްގެފާނު މަގު އަދި ބޮޑުރަސްގެފާނު މަގު ހަނި ގޯޅި ހިމެނޭ ސަރަޙައްދުން 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ބޮޑުރަސްގެފާނު މަގު އަދި ބޮޑުރަސްގެފާނު މަގު ހަނި ގޯޅި ހިމެނޭ ސަރަޙައްދުން 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ (މާދަމާ) މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ… pic.twitter.com/S5T781cSpy
— STELCO (@STELCOMALDIVES) June 15, 2025
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
މި ޖޫން މަހުގެ 1 ވަނަ ދުވަހު މުޅި މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓް ކެނޑިފައެވެ. މިގޮތުން އެ ދުވަހު މެންދުރު މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށް ސްޓެލްކޯއިން އިން ބުނެފައިވެއެވެ. މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ. އަދި މި މައްސަލަ ތަޙުޤީޤު ކުރަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ވަނީ ފަށައިފައެވެ.
މި ލިޔުން ކިޔާލުމުން