މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފައިސާ ދައްކަން ބުނެ އަންނަ ސްކޭމް މެސެޖުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މިގޮތުން ކަސްޓަމްސް އިން ބުނީ ކަސްޓަމްސްގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އެސްއެމްއެސް އެއް ނުފޮނުވާނެ ކަމަށެވެ. އަދި މިފަދަ ލިންކުތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
🚨ސްކޭމް އެލަރޓް:
ކަސްޓަމްސްގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އެސް.އެމް.އެސް އެއް ނުފޮނުވާނެ.
މިފަދަ ލިންކުތަކަށް ސަމާލުވެލައްވާ! pic.twitter.com/G7QBIcWeRH
— Maldives Customs Service (@CustomsMv) June 14, 2025
މި މެސެޖުތައް އަންނަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައެވެ. އަދި މި މެސެޖްގައި އޮންނަނީ އޯޑަރު ކުރި ޕާރުސަލެއްގެ ކަސްޓަމް ފީ ނުދައްކާތަކެތި ޑެލިވަރީ ނުކުރެވުނުކަމަށެވެ.
އެހެން ކަމުން ޕާރސަލް ޑެލިވަރީ ކުރުން ލަސްނުކުރުމަށް އަވަހަށް ފައިސާ ދެއްކުމަށް ބުނެ ލިންކެއް ފޮނުވާފަމެސެޖާއި އެކު ވެއެވެ.
މިކަމަށް ސަމާލުވުމަށް ހައްޖު ކޯޕަރޭޝަނުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރަކަށް އައިސް ސްކޭމްކޮގެން ފައިސާ ހޯދުން ވަނީ އިތުރުވެފައެވެ. މިފަދަ ގޮތްނޭގޭ ލިންކްތައް ހުންނަ މެސެޖްތައް ރަނގަޅަށް ބަލާ އެ ލިންކުތަކަށް ނުވަންނަން ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން