1446 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މަރަދޫގައި ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.
މިގޮތުން މަރަދޫ ބަނދަރު ސަރަހައްދުގައި އިއްޔެ ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ވަނީ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އެ އުޅަނދަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު، އެ ސަރަހައްދަށް ޒިޔާރަތްކުރި ކުދީންނަށް ފަހިކޮށްދީފައެވެ.
މި ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ކުޑަކުދީންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަޟުޙާ ޢީދާ ގުޅިގެން މާލޭގައި ކުރިއަށްގެންދިޔަ "ޢީދު ހަވީރު" ހަރަކާތުގައިވެސް ސިފައިން އިސް ދައުރެއް އަދާކޮށްފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދާ ގުޅިގެން ހިންގި ހަރަކާތްތަކުގައި އެމްއެންޑީއެފުން ވަނީ ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ލިޔުން ކިޔާލުމުން