އ.ދ. ގެ ކަނޑުތަކާ ބެހޭ މަހާސިންތާގެ ހަވާސާގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު، ޑރ. ވިވިއަން ބަލަކްރިޝްނަންއާ ބައްދަލުކުރައްވައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ވަޒީރު ޠާރިޤުގެ މި ބައްދަލުވުމަކީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ދިގު މުއްދަތުގެ ރަޙްމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމުގައި ބެލެވޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ޚާއްޞަކޮށް ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި އިތުރު ތަޖުރިބާ ބަދަލުކުރުމަށް މި ބައްދަލުވުމުން މަގުފަހިވާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް އެ ވުޒާރައިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން