ތަވާޟުޢުވެރިކަމުގައި ހިފަހައްޓައިފި މީހާއަށް އާޚިރަތުގައި ނިޢުމަތާއި ބާއްޖަވެރިކަން ދެއްވާނެ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ ، މިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ ތަވާޟުޢުވެރިކަމަކީ މީސްތަކުން މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާ ކަމެއް ކަމަށާއި، އުޚުއްވަތްތެރިކަން ފެތުރިގެންދާ ސަބަބެއް ކަމަށެވެ. އަދި މުސްލިމުންގެ އުޚުއްވަތްތެރިކަމަކީ އެންމެހައި އުމުރުފުރާތަކަށާއި، އެކިއެކި ގިންތިތަކާއި ފަންތިތަކުގެ މެދުގައި އޮންނަ އެއްޗެއް ކަމަށާއި، ތަފާތުވަނީ ހަމައެކަނި އެ މީހެއްގެ ތަޤުވާވެރިކަމާއި ހެޔޮ ޢަމަލުން ކަމަށެވެ.
މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ މީހަކު ﷲގެ ޙަޟުރަތުގައި މަތިވެރި ދަރަޖަ އެދޭނަމަ، އަދި މީސްތަކުންގެ މެދުގައި ޤަދަރުވެރި މީހަކަށް ވާން ބޭނުންނަމަ، އެ މީހަކަށް އޮތީ ތަވާޟުޢުވެރިވެ، ރިވެތި އަޚުލާޤުގައި ހިފެހެއްތުން ކަމަށެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައިވާ ގޮތުން އެންމެ ފުރަތަމަ ތަވާޟުޢުވެރި ވާންވީ މާތްﷲ އަމުރުކުރެއްވި ކަންތައްތައް ކޮށް، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށެވެ. ދެވަނައަށް ތަވާޟުޢުވެރިވާންވީ މާތްﷲ ގެ މަތިވެރިކަމާއި ޖަލާލުވަންތަކަމާއި، ކިބްރިޔާއުވަންތަކަމާއި ޢިއްޒަތްވަންތަކަމަށެވެ. ތިންވަނައީ ހެދުންއެޅުމާއި ހިނގައި ބިނގައިވެ އުޅުމުގައި ތަވާޟުޢުވެރިވުމެވެ.
މިއަދުގެ ޚުޠުބާގައި ވަނި މާތްﷲ އަށް ބިރުވެތިވެ، ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށް އެކަލާނގެ ޙަޟުރަތަށް ތަވާޟުޢުވެރިވުމަށް ގޮވާލައްވައިފައެވެ. އަދި ތަވާޟުޢުވެރިވުމުން މާތްﷲ ގެ ލޯތްބާއި މީސްތަކުން ލޯބި ލިބޭނެ ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން