ށ. ފުނަދޫ އެއާޕޯޓު ވަގުތީގޮތުން ބަންދުކުރުމާއެކު މޯލްޑިވިއަންގެ ދަތުރުތަކަށް ބުރޫއަރައިފިއެވެ.
މޯލްޑިވިއަނުން މިއަދު ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފުނަދޫ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން މޯލްޑިވިއަނުން ފުނަދޫއަށް މިއަދު ރާވާފައިވާ ދަތުރުތައް ނުކުރެވޭނެ ކަމަށެވެ.
— MaldivianAero (@MaldivianAero) June 7, 2025
މީގެ އިތުރުން، މިކަމުގެ އަސަރުކޮށްފައިވާ ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެހެނިހެން އިންތިޒާމު ހަމަޖައްސަމުންދާ ކަމަށާއި، ފަސިންޖަރުންނަށް އެއާލައިނުން ގުޅާނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އެ ކުންފުނީގެ ކޯލް ސެންޓަރު 1671 އަށް ގުޅުމަށްވެސް މޯލްޑިވިއަނުން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން