މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް 1.2 ބިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އިމްޕޯޓުކޮށްފައިވާ ކަމަށް އެމްއެމްއޭ ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެއީ ނިމުނު އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އިމްޕޯޓުކުރި މުދަލަށްވުރެ 0.6 އިންސައްތަ އިތުރު މިންވަރެކެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ އިންޑިޔާއިންނެވެ. އެ ގައުމުން އިމްޕޯޓުކުރި މުދާ ނިމުނު އަހަރަށްވުރެ މި އަހަރު އިތުރުވި ނަމަވެސް ޔޫއޭއީން އިމްޕޯޓުކުރި މިންވަރު އިންޑިޔާއިން އިމްޕޯޓުކުރި މިންވަރަށްވުރެ ގިނައެވެ.
އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އިންޑިޔާއިން އިމްޕޯޓުކުރީ 183.5 މިލިއަން ޑޮލަރުގެ މުދަލެވެ. މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އެ ގައުމުން 210.2 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. އެއީ މިދިޔަ 2024 ވަނަ އަހަރަށްވުރެ 14.6 އިންސައްތަ އިތުރު އަދަދެކެވެ.
ޖުމްލަ އިމްޕޯޓު މާ ބޮޑަށް އިތުރުނުވި ނަމަވެސް ބައެއް ގައުމުތަކުން އިމްޕޯޓުކުރި މިންވަރު ނިމުނު އަހަރަށްވުރެ އިތުރުވެފަައިވާކަން އެމްއެމްއޭގެ ތަފާސހިސާބުތަކުން ދައްކައެވެ.
އެގޮތުން 2024 ވަނަ އަހަރުވެސް އެއް ގައުމަކުން އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ގައުމުކަމަށްވާ ޔޫއޭއީން މި އަހަރުގެ މިހާތަނަށް 325.5 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރު އެ ގައުމުން އިމްޕޯޓުކުރި 172.1 މިލއިަން ޑޮލަރުގެ މުދަލާ އަޅާބަލާއިރު 89.1 އިންސައްތައިގެ އިތުރުވުމެކެވެ.
މި ލިޔުން ކިޔާލުމުން