އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެ ޤައުމުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެނީ ޖުލައި މަހުގެ ތެރޭގައެވެ. އަދި ސީދާ ވަކި ތާރީޚެއް ނޭނގުނަސް، ބޮޑަށް ލަފާކުރެވެނީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް މޯދީ ވަޑައިގަންނަވާނެ ކަމަށެވެ.
މި ދަތުރު ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.
މިދިޔަ އަހަރު ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައާއި، މިދިޔަ ހަފުތާގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްވެސް ވަނީ އިންޑިއާއަށް ވަޑައިގެން އެ ޤައުމުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފައެވެ.
މޯދީގެ މި ދަތުރުފުޅުގައި ރާއްޖޭގައި އިންޑިއާގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް އިފްތިތާހުކޮށްދެއްވާނެ ކަމަށް ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން