އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު 35 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ އިއްޔެ ހެނދުނު 7:30 އިން ފެށިގެން 9:15 އާ ހަމައަށް ޓާސްކް ފޯހުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އާންމުކޮށް އެއްވެއުޅޭ ދެ ސަރަހައްދެއް ކަމުގައިވާ ޒިކުރާ މިސްކިތް ސަރަހައްދާއި ހީނާމާގެ ޕާކިންގ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މިއަދު ހެނދުނު 7:30 އިން ފެށިގެން 9:15 އާ ހަމައަށް ޓާސްކް ފޯސްއިން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އާންމުކޮށް އެއްވެއުޅޭ ދެ ސަރަހައްދެއް ކަމުގައިވާ ޒިކުރާ މިސްކިތް ސަރަހައްދާއި ހީނާމާގެ ޕާކިންގ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. މި އޮޕަރޭޝަނުގައި… pic.twitter.com/BiCiVJfwgv
— Maldives Immigration (@ImmigrationMV) May 31, 2025
މިގޮތުން މި އޮޕަރޭޝަނުގައި ޖުމްލަ 121 ބިދޭސީން ބަލައި ފާސްކޮށް، މީގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 35 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ ދޭތެރެދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
މި ލިޔުން ކިޔާލުމުން