ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅާލައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ކެފޭއެއްގެ ކައިރީގައި ދެމީހެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލަ ރޭ 8:20 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މި މާރާމާރީގައި އެކަކުގެ ނޭފަތް ފެޅި އަނިޔާވެފައިވާއިރު، އަނެކަކަށް ބޭރުފުށުން އަނިޔާއެއްވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާއިރު، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެއެވެ.
މި ލިޔުން ކިޔާލުމުން