ބޮޑެތި ބަދަލުތަކާ އެކު އިއްޔެ އިފުތިތާހުކުރި ހުޅުމާލޭގެ އާ މާސްޓަރ ޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހުޅުވާލައިފިއެވެ.
އެ މާސްޓާ ޕްލޭން އިއްޔެ އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
އެޗްޑީސީން އެ އިއުލާނަށް އާންމުންގެ ޚިޔާލު ހޯދަން މިއަދު ހުޅުވާލިއިރު، އެ ފުރުސަތު އަންނަ މަހުގެ 16ގެ ނިޔަލަށް އޮންނާނެއެވެ.
Our new revisions to the masterplan reimagine Hulhumalé as an island city.
With intelligent, innovative, and sustainable development at its heart, we’re committed to unlocking the island’s unrealized potential — together #withHDC and the people of Maldives.Your thoughts shape… pic.twitter.com/DMFeICO3js
— Housing Development Corporation (@hdcmaldives) May 26, 2025
އެޗްޑީސީން ބުނީ، އޮންލައިންކޮށް އެޕްލޭނަށް ޚިޔާލު ހުށަހެޅޭނެ ކަމަށާއި ޕްލޭން ފައިނަލްކުރާނީ އާންމުންގެ ޚިޔާލުތަކާއި ހުށަހެޅުންތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.
އެޗްޑީސީން ބުނީ އެ ޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާ އެކު ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.
އޭގެ އިތުރުން، އަބަދު ވެސް މަސައްކަތް ކުރަނީ އާންމުންގެ ޚިޔާލާއި މަޝްވަރާއާ އެކު ހުޅުމާލެ ތަރައްގީކޮށް، ތަރައްގީވެފައިވާ ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މި މާސްޓާ ޕްލޭންގައި ހުޅުމާލޭގެ ބަނދަރުގެ ގޮތުގައި މިހާރު ބޭނުންކުރާ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ބަނދަރު ބޮޑުކުރާއިރު އެތަނުގައި ޒަމާނީ، ބޮޑު ފެރީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން