ކޭޑީ އެންޓަޕްރައިސަސް ނަމަކަށް ކިޔާާ ކުންފުންޏަކަށް ދަނޑުވެރިކަމަށް ''ހުވަހަންދޫ'' ދޫކޮށްފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ފަތުރަނީ ދޮފު ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
"އަޑި ނޭނގޭ ޑީލެއްގެ ދަށުން ހއ. ހުވަހަންދޫ ބަޔަކަށް ދީފި" ކަމަށް ބުނެ ރާއްޖެ ޓީވީން ފެތުރީ ދޮގު ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެ ވުޒާރާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކޭޑީ އެންޓަޕްރައިސަސް ނަމަކަށް ކިޔާާ ކުންފުންޏަކަށް ދަނޑުވެރިކަމަށް ހުވަހަންދޫ ދޫކޮށްފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ފަތުރަނީ ދޮފު ކަމަށެވެ. އެ ވުޒާރާ އިން ކޭޑީ އެންޓަޕްރައިސަސް އާއެކު އެފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރާ ކަމަށާ އަދި މިހާތަނަށް އެ ވުޒާރާ އުފެދުނު ފަހުން ދަނޑުވެރިކަމަށް އެއްވެސް ރަށެއް ވެސް ދޫނުކުރާ ކަމަށެވެ.
އެ ރަށް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މަރިޔަމް މާރިޔާ ކަމަށް ބުނެ ޚަބަރުފަތުރާފައިވީނަމަވެސް އާންމު އުސޫލުން އެފަދަ އެއްބަސްވުންތަކުގައި ސޮއި ކުރަނީ މިނިސްޓަރު ނޫން ކަން ވެސް އެ ވުޒާރާ އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިފަދަ އެއްވެސް އެއްބަސްވުމެއްގައި ވަޒީރު މާރިޔާ ސޮއިކޮށްފައިނުވާ ކަމުގެ ޔަޤީންކަން ވަނީ ދީފަ އެވެ.
ދޮގު އެ ޚަބަރު ފެތުރިއިރު ޚަބަރުގައި ހިމަނާފައިވާ ފޮޓޯ އަކީ އާންމު އުސޫލުގެ ތެރެއިން މެމްބަރުންނާއި ބައްދަލު ކުރެއްވުމަށް ދެއްވާ ފުުރުސަތުގެ ތެރެއިން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުގެ އެދިވަޑައިގަތުމަކަށް ދެއްވި ފުރުސަތުގައި ބޭއްވި ބައްދަލްވުމެއް ގައި ނަގާފައިވާ ފޮޓޯއެއް ކަމަށާ މެންބަރު ލަތީފްއާއެކު ކޭޑީ ކުންފުނީގެ ފަރާތުން ބައިވެރިވެ އެ އަތޮޅުގައި ދަނޑުވެރިކަމުގެ ތަަރައްޤީ ކުރެވިދާނެ ބައެއް މަސައްކަތްތަކާއި ގުޅޭ ޚިޔާލު ހުށައެޅި ކަމަށެވެ. އަދި ފޮޓޯގައި ފެންނަ ޑޮކިއުމަންޓްތަކަކީ އެ ކުންފުނިން ކުރަން ބޭނުންވާ މަސައްކަތްތަކުގެ މައްޗަށް އެކުވަލާ ހުށައަޅާފައިވާ ޑޮކިއުމަންޓްތައް ކަމަށް ބުނެފައިވެ އެވެ.
"އެފަދަ ބައްދަލްވުންތަކުގައި އަތޮޅާއި މުޅި ރާއްޖޭގެ ތަރައްޤީއަށް ހުންނަ ޚިޔާލުތައް ދާއިރާގެ މެންބަރުން ޢާންމު އުސޫލުގެ މަތީން ހުށައަޅުއްވަ އެވެ. މެންބަރު ލަތީފްގެ މި ހުށައެޅުއްވުމަކީ ވެސް އެފަދަ ހުށައެޅުއްވުމެއް ކަމަށްވާއިރު މި ހުށައެޅުއްވުމުގައި ހުރި އެއްވެސް ކަމަކާ ގުޅޭގޮތުން މި ވުޒާރާގައި މަޝްވަރާ ކުރެވި ގޮތެއް ނިންމާފައެއް ނުވާނެ އެވެ," ދޮގު ވާހަކަަތަކުގެ ހަޤީޤަތް ހާމަކޮށް ދީ ވުޒާރާ އިން ނެރެފައިވާ ބަޔާނުގައިވެ އެވެ.
ހުވަހަންދޫ އަކީ ވަގުތީ ގޮތުން އެ ރަށް ބެލެހެއްޓުން ހއ އަތޮޅު ކައުންސިލާއި ހަވާލުކޮށްފައިވާ ރަށެކެވެ.
މި ލިޔުން ކިޔާލުމުން