ހިޔާ ފްލެޓް ގެ ދެވަނަ ޓަވަރުގައި ބަހައްޓާފައިވާ އާ ލިފްޓްތައް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ މިއީ ހިޔާގެ ޓަވަރުތަކުގައި ހަރުކުރަމުން އަންނަ އާ ލިފްޓުތަކުގެ ތެރެއިން ބޭނުންކުރަން ފެށި ފުރަތަމަ ލިފްޓްކަމަށެވެ.
މި އާ ލިފްޓުތަކަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި މި ލިފްޓުތަކަށް އެއްފަހަރާ 21 މީހުންނަށް އެރޭނެއެވެ.
ހިޔާގެ 16 ޓަވަރުގައި، ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.
2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ފެށި މި ބޮޑު ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔަންގް ޔުގެންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޮމްޕެނީ ލިމިޓެޑާއެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އެވެ. އަދި 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރަކަށް އާ ދެ ލިފްޓް އިތުރުކުރާނެއެވެ.
މި ލިޔުން ކިޔާލުމުން