ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމާ ގުޅޭގޮތުން ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
އެޗް.ޕީ.އޭ ގެ އިސްނެގުމާއި އެކު ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމަށް އާރޓިފިޝަލް ބީޗްގައި 31 މެއި، ހޮނިހިރު ދުވަހު ހަރަކާތެއްކުރިއަށް ދާނެއެވެ.
ހަވީރު އަދި ރޭގަނޑު ހިމެނޭ ގޮތަށް ދެ ދަންފަޅިއަކަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ކުޑަކުދިންނާއި ގުޅޭ ހަރަކާތްތަކާއި، އަދި ޒުވާނުންނަށް ހާއްސަކޮށް ހަރަކާތްތަކެއްވަނީ ރޭވިފައެވެ. އޭގެ އިތުރުން މި ހަރަކާތް ކުރިއަށްދާ ވަގުތު އެސަރަހައްދުން މޮބައިލް ސިޒޭޝަން ކްލިނިކްގެ ހިދުމަތްވެސް ލިބެން ހުންނާނެއެވެ.
Join us this World No Tobacco Day – 31st May – for an unforgettable event filled with joy, awareness, and community spirit.
This year’s theme: "Unmasking the Appeal: Exposing Industry Tactics on Tobacco and Nicotine Products."
Let’s stand together to protect our future… pic.twitter.com/zMDYGVliMt— Health Protection Agency (@HPA_MV) May 26, 2025
މި ހަރަކާތް ކުރިއަށް ދަނީ ވަރަށް ގިނަ ބައެއްގެ އެއަބާރުލުމާއި އެކުގައެވެ. އެގޮތުން މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، ހުޅުމާލެ ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗް، ޓްރީޓޮޕް ހޮސްޕިޓަލް، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް، ޔުނިސެފް، އެސް.ޓީ.އޯ، އެން.ޑީ.އޭ، މޯލްޑިވްސް ކެންސަރ ރިސާޗް ފައުންޑޭޝަން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ދިވެހި ފުލުހުންގެ ހިދުމަތް، މިނިސްޓްރީ އޮފް ހެލްތް އަދި ދަމަނަވެށި ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން