މިފަހަރު ޙާޖީންގެ %50 އުފުލާނީ ޤައުމީ އެއާލައިނުން ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
Furatama faharah Raajjeyge Qaumee Airline gai dhivein Hajjah. Al'hamdhu lillah. Mifaharu Haajeen ge 50% ufulaanee Dhivehi Qaumee Airline ga.Shukuriya Raees @MMuizzu pic.twitter.com/WAEGRyANkz
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 27, 2025
މިގޮތުން ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން މެދުވެރިކޮށް ޙާޖީން ޙައްޖަށް ދާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ މިފަހަރު ޙާޖީންގެ %50 އުފުލާނީ ދިވެހި ޤައުމީ އެއާލައިނުގައި ކަމަށެވެ.
އަދި އެކަމަށްޓަކައި ވަޒީރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފައެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވިއިރު، ޙައްޖުގެ އަޅުކަމަށް ސަޢޫދީ ޢަރަބިއްޔާއަށް ދާ ދިވެހި ޙާޖީން މީގެ ކުރިން 8-10 ގަޑިއިރުން ބަހުގައި މައްކާއިން މަދީނާއަށް ދަތުރު ކުރަމުން އައި ނަމަވެސް، މިހާރު އެ ދަތުރު ހައިސްޕީޑް ޓްރެއިންގައި ކުރުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާތީ، މި އަހަރުން ފެށިގެން ޙައްޖުވެރިން މައްކާއިން މަދީނާއަށް ކުރާދަތުރުތައް ކުރާނީ ހައިސްޕީޑް ޓްރެއިންގައި ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ޙައްޖުގައި ޙައްޖުވެރިންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ސަރުކާރުން ވަނީ ހޯއްދަވައިދެއްވާފައެވެ. އެގޮތުން މީގެކުރިން މިނާގެ ފޭލިގެތަކުގައި ދިވެހި ޙައްޖުވެރިން ކެޓަގަރީ "ސީ"ގައި ތިބެން ޖެހުނުނަމަވެސް މިއަހަރުން ފެށިގެން ދިވެހި ޙައްޖުވެރިން ތިބޭނީ "ބީ" ކެޓަގަރީގައެވެ. އަދި ރަޖިސްްޓްރީކޮށްގެން ހިންގާ ކްލިނިކެއް މިފަހަރު ވަނީ ޙައްޖުވެރިން ތިބޭ ހޮޓެލްގައިި ޤާއިމްކޮށްފައެވެ.
މީގެ އިތުރުން އިއްޔެ ހަމަޖެހިގެން ދިޔަ މައްކާ ރުޓް އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ވަރަށް ބޮޑެތި ލުއި ތަކެއް ފުރުމުގައި އަދި ސައުދީ އެއަޕޯޓުން ލިިބިގެންދާނެއެވެ.
މިއަހަރު ސައުދީން ރާއްޖެއަށް ދީފައިވަނީ 1000 ކޯޓާއެވެ.
މި ލިޔުން ކިޔާލުމުން