މައްކާ ރޫޓް އިނިޝީއޭޓިވް ގެ ފުރުޞަތު ރާއްޖެއަށް ލިބުނީ އެހެން ޤައުމުތަކާއި އެކު އޮންނަ ޝަރުތުތަކުން އިސްތިސްނާވެ، އެއްވެސް އެގްރީމެންޓެއް ނެތި އެޤައުމުންދޭ ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަލީ ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކުރެއްވުމަށް އެއަރޕޯޓްގައި ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މިފުރުޞަތު އާއްމުކޮށް ސަޢުދީން ދެނީ ވިހި ހާހުން ހައްޖުވެރިން ދާ ޤައުމުތަކަށް ކަމަށެވެ. އެގޮތުން މިނިސްޓަރ ފާހަގަކުރެއްީ މި ސަރައްދުގެ އިސްމާލީ ޤައުމުތައް ކަމަށްވާ މެލޭޝިއާ، ތުރުކީ އަދި އިންޑޮނޭޝިއާ ފަދަ އިސްލާމީ ބޮޑެތި ޤައުމުތަކެވެ.
The President of Maldives His Excellency Dr. Mohamed Muizzu officially inaugurated the Makkah Route Initiative today at Velana International Airport.#Hajj1446#MvHajj1446 pic.twitter.com/a9S6QDFaWO
— Maldives hajj mission بعثة ا لحج ا المالديفية (@hajjmission_mv) May 26, 2025
މިކަމުގެ ސަބަބުން ލިބޭ ފަސޭހަތަކުގެ ތެރޭގައި ހައްޖުވެރިންގެ ބައޯ މެޓްރިކް ނެގުން، ފޮށި ތަކުގައި ޓެގް ޖެހި ހައްޖާޖީންގެ ނަމުުގައި ރަޖިސްޓްރީވުން އަދި ބޮޑިންޕާސް ވަގުތުން އަތަށް ލިބޭނެއެވެ. މީގެ އިތުރުން ޖިއްދާގައި އެއާޕޯޓްގައި އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖަހުމާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެއެވެ. މަތިންދާ ބޯޓުން ފައިބާ ގޮތައް ހޮޓަލަށް ގޮސް ލަގެޖް ވެސް ލިބޭނީ ހޮޓަލަށެވެ. މިއީ ހައްޖުވެރިން ޖިއްދާ އެއާޕޯޓްގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ވާހަކަފުޅުގައިވެސް ވަނީ މިކަމަށްޓަކައި ސައުދީ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދު އޮތްގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން