ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަގާމުން ވަކިކޮށްފި އެވެ.
މިކަން އެކޮމިޝަނުގެ މެމެބަރަކު ވަނީ ޔަޤީންކޮށްދީފައެވެ.
މެއި 20، ގައި ބްރޯޑްކޮމްގެ އިދާރީ ހިންގުމުގެ އިސްވެރިޔަކަށް ހުންނެވި ޒީނިޔާ 96 ގަޑިއިރަށް ސަސްޕެންޑު ވެސް ކުރި އެވެ.
ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތައް ހިއްސާކޮށް އެ ކަންކަމަށް މަޖިލިސް މެދުވެރިކޮށް ހައްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައރވެ. ނަމަވެސް މަޖިލިސް އޮތީ ޗުއްޓީގައެވެ.ނަމަވެސް ކޮމިޝަންގެ ރައީސް ވިދާޅުވީ އެފަދަ ކަމެއް ކޮމިޝަނަށް އެނގިފައި ނެތްކަމަށެވެ.
މި ލިޔުން ކިޔާލުމުން