މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.
މިގޮތުން އިމިގްރޭޝަނުންގެ އޮފިސަރުން ބޮޑީ ކެމެރާގެ ބޭނުން ފުރަތަމަ ފަހަރަށް ކޮށްފައިވަނީ އިއްޔެ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަދު ހުޅުމާލެ ފޭސް 1 ގެ ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި. މި އޮޕަރޭޝަންގައި އޮފިސަރުން ވަނީ ފުރަތަމަ… pic.twitter.com/bvB3KnLzJf
— Maldives Immigration (@ImmigrationMV) May 24, 2025
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލެ ފޭސް 1 ގެ ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަންގައި އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ ދޭތެރެދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
މި ލިޔުން ކިޔާލުމުން