ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ފެތުރުން އިތުރުވެފައިވާތީ ސަމާލުވާން އެޗްޕީއޭ އިން އެދެފިއެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑްގެ ޖެހިގެން ރިޕޯޓް ކުރާ ކޭސްތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށެވެ. މިފަހުން އެންމެ ގިނައިން އެފަދަ ކޭސްތައް ރިޕޯޓް ކުރެވިފައި ވަނީ ނިމިދިޔަ ހަފްތާގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މީގެއިތުރުން އާންމުކޮށް ފެތުރޭ ވައިރަލް ރޯގާއާއި ޑެންގޫ އަދި އިންފްލޫއެންޒާގެ ކޭސްތައް ވެސް މި ދުވަސްވަރު ގިނަ އަދަދަކަށް ރިޕޯޓުކުރެވުމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ބަލިތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓާކޮށް، އެކަމުގެ ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަށެވެ.
އެޗްޕީއޭ އިން ވަނީ މި ބަލިތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އެއާއެކު، މި ދުވަސްވަރު އާންމުކޮށް ރިޕޯޓުކުރާ، މޫސުމީ ރޯގާތައް ކަމަށްވާ، ޑެންގޫ، ވައިރަލް ފީވާ، އިންފްލުއެންޒާ ވެސް އާންމު މިންވަރަށްވުރެ އިތުރުކަން ފާހަގަވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކުގައި ކޮވިޑު19ގެ ކޭސްތައް ފެންނަ މިންވަރު މި އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
އެގޮތުން ތައިލޭންޑުގައި، މިދިޔަ ހަފުތާ ތެރޭ 50،000 އެއްހައި ކޮވިޑު ކޭސް މިދިޔަ ހަފުތާގައި އެކަނި ވެސް ރެކޯޑުކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން