ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދަވައިދެއްވުމަށް އެންވަރމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެކު ވަޒީރު މަޝްވަރާކުރައްވައިފިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުވެރިކަންކުރަމުން އަންނަ ދަނޑުވެރިންނަށް ވާލާއި ކާޅުފަދަ ދިރޭތަކެތީގެ ސަބަބުން ގޮންޖެހުންތައްކުރިމަތިވެއެވެ. އެހެންކަމުން އެކަމަށް ހައްލު ހޯދުމަށް، އީޕީއޭ އާއި އެކު ބޭއްވި ބައްދަލުވުމުގައި، ކާޅު އަދި ވާލުގެ ދުއްތުރާތަކުން ދަނޑުތައް ސަލާމަތްކުރުމަށް، އެތަކެތި މެނޭޖު ކުރުމާއިގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ މާރިޔާ ގެ އިތުރުން މިނިސްޓްރީގެ ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްގެ އިސްބޭފުޅުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ވާލާއި ކާޅާއި ގުޅޭގޮޮތުން އީޕީއޭ އިން ވިދާޅުވީ ފުރަތަމަ ވާ އަދި ކާޅުގެ އަދަދު ބަލައި ދެނެގަތުމަށެވެ. އެއަށްފަހު އެ އަދަދަށް ބެލުމަށްފަހު އީޕީއޭއިން ޖަނަވާރުތައް ބެލެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެކަމަށެވެ.
އީޕީއޭއިން ވިދާޅުވަނީ ވާލާއި ކާލުގެ އުނދަގޫބޮޑުވެ، އެހެން ގޮތެއް ނެތް ނަމަ، ކޮންޓްރޯލްކޮށްގެން އުނިކުރުންކަމަށް ވިސްނިދާނެކަމަށެވެ. އެކަމަކު އެއީ އެންމެ ފަހުކަމެއްގެ ގޮތުންކަމަށެވެ.
މިނިސްޓްރީގެ މަޤްޞަދަކީ ދަނދުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމެވެ. އަދި އެއާއިއެކު އާންމު ސަލާމަތްތެރިކަން ޔަޤީންކޮށް، އަދި ރަނގަޅަށް މަޢުލޫމާތު ލިބިގެން ރޭވުންތެރިކަމާއެކު ކަންކަން ބައްޓަންކުރުމެވެ.
މި ލިޔުން ކިޔާލުމުން