ނ. ހެނބަދޫ އަދި ކުޑަފަރީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.
މި ދެ ރަށުގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ.
މި ރަސްމީއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ
ހެނބަދޫ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން އިޤްތިޞާދީ ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.
ރައީސް ޑރ @MMuizzu ނ.ހެނބަދޫ އަދި ނ. ކުޑަފަރީ ރައްޔިތުންނަށް އޭޓީއެމްގެޚިދުމަތް ރަށުންލިބޭނެގޮތް ހައްދަވައިދެއްވުމަށް ވެވަޑައިގެންނެވިވަޢުދު މިއަދުމިވަނީ ފުއްދިފައި. ރައްޔިތުންނާއި ގާތުން ބޭންކިންގެޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިއުމަކީ ރަށުގައި ދިރިއުޅޭ ފަރާތްތަކާއި… pic.twitter.com/1hgiKyRMar
— Mohamed Saeed (@em_saeed) May 15, 2025
ހެނބަދޫގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވީ ރައްޔިތުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދީ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ބީއެމްއެލްއިން ކުރަމުންދަނީ ޝުކުރު ހައްޤު މަސައްކަތެއް ކަމަށެވެ. އަދި މި ލިބުނު ލުޔާއި އެކު ރަށްރަށުގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފްް ވިދާޅުވީ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތައް ހުރިހާ ފަރާތަކުން އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ، މިއަހަރު ނިމުމުގެ ކުރިން 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުން ކަމަށެވެ.
މި ލިޔުން ކިޔާލުމުން