މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް މޫސާ ރިޟުވާން އައްޔަނުކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރިލްވާން، ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރަން ފާސްކުރީ މަޖިލީހުގެ 70 މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.
ބްރޯޑްކޮމްއަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު އިއުލާނުކުރިއިރު، އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10 ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭޕްރީލް 23ގައި މަޖިލީހަށް ފޮނުއްވައިފައެވެ.
އޭގެ ތެރެއިން އެންމެ މަތިން މާރކްސް ލިބުނު ފަސް ނަން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
ރިލްވާނަކީ ޓީވީ އެމްގައި ޕްރޮގްރާމްތައް ހުށަހަޅައިދޭ ޕްރެސެންޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް ވެސްމެއެވެ.
މި ލިޔުން ކިޔާލުމުން