ޤަވާއިދުން ސްކޫލަށް ނުދާ ކަމަށް ފާހަގަ ކުރެވިފައިވަނީ 229 ކުދިން ކަމަށް ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި ކަމަށް ބުނެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ތަފާސް ހިސާބަށް ބިނާކޮށް ނޫހަކުން އާންމުކޮށްފައިވާ ޚަބަރަކީ ރަނގަޅު ތަފާސް ހިސާބެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚަބަރެއް ނޫން ކަން ހާމަކުރައްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްކްސްގެ ތަފާސް ހިސާބުތައް އެކުލަވާލާފައިވާގޮތް ވެސް ގޯސް ކަމަށެވެ. އެ ގޮތުން 2022 ވަނަ އަހަރު 9,000 ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށް ދޭހަވާ ގޮތަކަށް ތަފާސް ހިސާބު އެކުލަވާލިއިރު މި އަދަދުގެ ތެރޭގައި އުމުރުން 2 އަހަރާއި 3 އަހަރުގެ ކުދިން ހިމަނާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިކަމަށްބުނެ...
Posted by Ismail Shafeeu on Sunday, May 11, 2025
މިއީ ތަޢުލީމުގެ ޤާނޫނުން ރަސްމީ ތަޢުލީމު ޙާސިލު ކުރުމަށް ސްކޫލަށް ދާންޖެހޭ ޢުމުރުފުރާގެ ކުދިންނެއް ނޫން ކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ރަސްމީ ތަޢުލީމު އުނގެނުން މަޖުބޫރު ނޫން އެތައް ހާސް ތުއްތު ކުދިން ހިމަނައިގެން، ނުވަވަރަކަށް ހާސް ދަރިވަރުން ސްކޫލަށް ނުދާ ކަމަށް ދޭހަވާ ގޮތަކަށް ތަފާސްހިސާބު ނެރުމަކީ ގޯހެއް ކަމަށެވެ.
މި ޙާޤީޤަތް ނޭގި ތަފާސް ހިސާބުތައް ރިޕޯޓު ކުރުމަކީ ވެސް ޒިންމާދާރު ގޮތެއް ނޫންކަން މިނިސްޓަރ ޝަފީޢު ފާހަގަ ކުރެއްވި އެވެ.
އެކި އެކި ގޮންޖެހުންތަކުގެ ސަބަބުން ސްކޫލަށް ނުދާ ދަރިވަރުން ފާހަގަކޮށް، ކަމާއިބެހޭ މުއައްސަސާތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަބަދުވެސް ފިޔަވަޅު އަޅާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިން ނޭޝަނަލް ބިއުރޯ އޮފް ސެޓެޓިސްޓިކްސް އިން ނެރެފައިވާ ރިޕޯޓެއްގައި ވަނީ، 2022 ވަނަ އަހަރު ޤަވާޢިދުން ސްކޫލަށް ނުދާ ކަމަށް ފާހަގަ ކޮށްފައި ވަނީ 229 ކުދިން ކަމަށާ އެއީ މާލެއިން 85 އަދި އަތޮޅުތެރޭގެ އެކި ރައްތަކުން 144 ކުދީން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
''އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓަރުކަމާ ހަވާލުވެ އެންމެ ގިނަ މަސައްކަތްކުރަމުން މިދާ އެއްކަމަކީ ގްރޭޑް 10 ނިންމުމަށްފަހު ދަރިވަރުން މަތީސާނަވީގައި ބައިވަރިކުރެވޭ މިންވަރު މަތިކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމެވެ. މިގޮތުން މިދިއަ އަހަރު ގްރޭޑް 10 ނިންމާ ދަރިވަރުން މަތީސާނަވީ މަރުހަލާގައި އިތުރު ކުރުމަށް 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ފެށުނެވެ. އެޕްރޮގްރާމުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މި އަހަރު އެ ޕްރޮގްރާމް ރަސްމީކޮށް އޭލެވެލް ކިޔަވައިދޭ ހުރިހައި ސްކޫލެއްގައި ތަންފީޒު ކުރެވިގެން ދާނެއެވެ. ﷲގެ ވާގިފުޅާއެކު، ޒަމާނުއްސުރު މަތީސާނަވީ މަރުހަލާއިން ދަރިވަރުން ބާކީކޮށް މަގުމަތިކުރަމުން އައި ސަގާފަތް ނައްތާލާނަމެވެ'' މިނިސްޓަރޑރ. އިސްމާއީލް ޝަފީއު ފޭސްބުކުގައި ލިޔުއްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން