ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުޑަ ކުއްޖަކަށް އަނިޔާ ކުރިކަމުގެ މައްސަލައެއް، މިނިސްޓްރީ އޮފް ހެލްތުން ބަލަމުން އަންނާތީ، އެ ކްލިނިކް ބަންދުކޮށްފިއެވެ.
މިނިސްޓްރީން މި މައްސަލަ ބަލަން ފެށުމާއި އެކު ކްލިނިކް ބަންދުކުރަން ރަސްމީކޮށް ލިޔުމުން އެންގީ މިއަދުއެވެ.
މިމަހު 5 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ.
މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން