މާލޭގައި އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ލިބިފައިވާ ނަމަ އެ ކޮމިޝަނާ ހިއްސާ ކުރަން މިއަދު ހުޅުވާލައިފި އެވެ.
ރިޔާސީ ކޮމިޝަނުން މިއަދު ވަނީ "އެކްސް" ގައި އެކައުންޓެއް ހުޅުވައި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާ ކުރަން ހާއްސަ ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ.
ކޮމިޝަނުން ވަނީ 18 އޭޕުރީލް 2025 ގައި މާލޭގައި ހިނގި ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް މި ކޮމިޝަނާ ޙިއްސާކުރައްވަން ބޭނުންފުޅުވާނަމަ ނުވަތަ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރައްވަން ބޭނުންފުޅުވާނަމަ ލިންކުމެދުވެރިކޮށް ހިއްސާކުރުމަށް އެދިފައެވެ.
18 އޭޕުރީލް 2025 ގައި މާލޭގައި ހިނގި ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް މި ކޮމިޝަނާ ޙިއްސާކުރައްވަން ބޭނުންފުޅުވާނަމަ ނުވަތަ މި ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރައްވަން ބޭނުންފުޅުވާނަމަ...
1/2— Inquiry Commission (@InquiryCom) May 8, 2025
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ތިން މެމްބަރުންގެ ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.
ނަމަވެސް، އެ ކޮމިޝަންގެ މެމްބަރުކަމުން ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބު އިސްތިއުފާ ދެއްވުމުން، އަލުން އެ ކޮމިޝަން އެކުލަވާލީ އިތުރު ދެ މެމްބަރުންނާއެކުގަ އެވެ.
ޔުމްނު ވެއްޓުމުން ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ ތަނުގައި ފަރުވާ ދިނުމަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންގޮސްފަ އެވެ.
މި ލިޔުން ކިޔާލުމުން