މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ސްޕެއިންގައި ތިބި ދިވެހި ބައެއް ދަރިވަރުންނާ ބައްދަލު ކުރައްވައިފިއެވެ.
އޮންލައިންކޮށް ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ސަރުކާރުގެ މަތީ ތަޢުލީމާ ތަމްރީނުގެ ލޯނު އެހީގައި މި ވަގުތު ސްޕެއިންގައި ޕައިލެޓް ޓްރޭނިންގ ހަދަމުންދާ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވާ ކަމަށް ހަޔަރ އެޑިޔކޭޝަން މިނިސްްޓްރީން މައުލޫމާތުދެއެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ސްޕެއިންގައި ތިބި ދިވެހި ބައެއް ދަރިވަރުންނާ ބައްދަލު ކުރައްވައިފި. އޮންލައިންކޮށް ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ސަރުކާރުގެ މަތީ ތަޢުލީމާ ތަމްރީނުގެ ލޯނު އެހީގައި މި ވަގުތު ސްޕެއިންގައި ޕައިލެޓް ޓްރޭނިންގ ހަދަމުންދާ - 1/2 pic.twitter.com/NJUckFDoox
— Min. of Higher Edu, Labour and Skills Development (@MoHEmv) May 8, 2025
މިނިސްޓަރ ވަނީ ދަރިވަރުންގެ ވާހަކަަތައް ތަފްސީލުކޮށް އަޑު އައްސަވާފައެވެ. އަދި ދަރިވަރުންގެ ބައެއް ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
ފިލިފީންސްގައި ގިނަ އަދަދެއްގެ ދިވެހިން ޕައިލެޓްކަން ކިޔަވަމުން އަންނަ އިރު 2023 ވަނަ އަހަރު ހަޔާ އެޑިއުކޭޝަނުން ވަނީ 500 އެއްހާ ކުދިންނަށް ވަނީ ޕައިލެޓު ޓްރެއިނިންނަށް ލޯނު ދީފަ އެވެ. އެހެން ނަމަވެސް ޕައިލެޓްކަން ކިޔައިގެން އަންނަ ދަރިވަރުންނަށް ވަޒީފާ ނުލިބުމާއި، އެކަމުގެ ސަބަބުން ލޯން ދެއްކޭނެގޮތް ނެތްކަމަށް ބުނެ ގިނަ ދަރިވަރުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން