ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވިސާ ކާޑުން ވިޔަފާރިކޮށްގެން މެލޭޝިޔާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.
ބީއެމްއެލްއިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ހަތަރު އާއިލާއަކަށް މެލޭޝިއާ ދަތުރު ލިބޭނެ ކަމަށެވެ.
މިހާރު ފަށައިފައިވާ މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ބޭންކުން ބުނެއެވެ.
އެ ދަތުރުގައި ލިބޭ އިނާމުތަކުގެ ތެރޭގައި، 4 މީހުންގެ ދެކޮޅު ޓިކެޓް، 4 ދުވަހުގެ ހުރުން އަދި ދަތުރުގައި ބޭނުންކުރުމަށް 500 ޑޮލަރުލިބޭނެއެވެ.
ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަނުގެ މުއްދަތުގައި ވިސާ ޑެބިޓް އަދި ކްރިޑިޓް ކާޑުން ޖުމްލަ 5،000 ރުފިޔާގެ ވިޔަފާރި ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން